ނ.މާޅެންދޫ

ރަށުގެ ތަޢާރަފް

ިރަށަކީ މިލަދުންމަޑުލު ދެކުނުބުރީގެ އިރުބިތުގައި، ދެކުނުން އުތުރަށް އޮންނަ، ރަށުގެ ބޮޑުމިނުގައި 46 ހެކްޓަރ ހުންނަ، އާބާދީގައި 959 މީހުން ދިރިއުޅެމުންދާ ، ފަރުމަސްވެރިކަމާއި، ދަނޑުވެރިކަން އަދި ރޯނުވެށުމާއި ފަންގިވިނުމުގެ މަސައްކަތް ކުރާ ގިނަބަޔަކު ދިރިއުޅޭ، މެދުމިނުގެ މާލީ ތަނަވަސްކަން ލިބިގެންވާ ރަށެކެވެ.

ރަށުގެ އާބާދީގެ ނިސްބަތުން ގިނަޒުވާނުން މަސައްކަތް ކުރަމުންދަނީ ޓްވަރިޒަމްގެ ދާއިރާ ގައެވެ. މީގެއިތުރުން ތެދުއި ވަޑާމާއި ކިއްސަރުވަރުވަޑާން އަދި ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގައި ރަށުގައި ގިނަބަޔަކު އުޅެމުން ދެއެވެ.

ރަށުގެ ތަޢްލީމަށް ބަލާއިރު ޕްރީސްކޫލުގެ ތަޢުލީމުން ފެށިގެން ގުރޭޑް 10 އާއި ހަމައަށް އުނގެނުމުގެ ފުރުޞަތު އޮވެއެވެ. އަދި އެފެންވަރަށް އެޚިދުމަތް ދެވެމުން ދެއެވެ. ހަމަ އެއާއި އެކު ސިއްޚީ ޚިދުމަތާއި ކަރަންޓްގެ ޚިދުމަތް އެދެވޭ ގޮތެއްގައި ލިބެމުން ދާކަން ފާހަގަ ކުރަމެވެ. ނ. މާޅެންދޫ ކައުންސިލްގެ އިޚުތިޞާސް ހިނގާ ސަރަހައްދަކީ ރަށާއި ރަށުގެ ގޮނޑުދޮށުން ފެށިގެން 700 ކިލޯމީޓަރ ސަރަހައްދެވެ.

Trusted by over 8k+ renowned companies across the globe.